Monday, November 9
ފޭކު ސްލިޕެއް ފޮނުވައިގެން ސައިކަލެއް ހޯދި މީހަކު ހައްޔަރުކޮށްފި

ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކޮށްގެން ބޮޑު އަގުގައި ސައިކަލެއް ހޯދާފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލދޭޝް / ސޮލައިމާން އާމިރު (23އ) އެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުގެ މި ވިޔާފާރީގެ މުއާމަލާތް އޭނާ ކޮށްފައިވަނީ ވައިބަރ މެދުވެރިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުހުޅުމާލޭ ފޭސް 1 ގައި ހުންނަ ސާވިސް ސެންޓަރެއްގެ މުވައްޒަފުންނާ ކަމަށާއި، ސައްހަ ނޫން ސްލިޕް އެ ސެންޓަރަށް ޓްރާންސްފަރކޮށްގެން 92،000 ރުފިޔާގެ އޭ.ޑީ.ވީ 160މޮޑެލްގެ ހޮންޑާ ސައިކަލެއް ހޯދާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ 2026 މާރިޗު 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، މި މައްސަލައިގައި އޭނާގެ ބަންދަށް ފުރަތަމަ ފަހަރުވެސް ދީފައިވަނީ 15 ދުވަސް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު