Monday, November 9
މިފްކޯގެ ސީއީއޯގެ މަޤާމުން ފަރުޙަތު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕްލެކްސް (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައި ހުންނެވި މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު، އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނަމަވެސް ފަރުޙަތު މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މިފްކޯގެ ސީއީއޯގެ މަޤާމަށް ފަރުޙަތު ޢައްޔަންކުރެއްވީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު ވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމްގެ ދުވަސްވަރު އައިޖީއެމްއެޗްގެ ސީއީއޯގެ މަޤާމްވެސް އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު