Saturday, October 31
ވަޒީފާއަށް އަހުލުވެރިކުރުވުމަށް ޚާއްޞަ ވޯކްޝޮޕެއް މި މަހު 11 ގައި
ޒުވާނުން ބާރުވެރިކުރުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ. ޒުވާނުންނާ ބެހޭ ވުޒާރާއިން ބުނީ  "ސްކިލްއަޕް ޔޫތު" ގެ ނަމުގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 08:30 އިން 17:30 އަށް ކަމަށެވެ. ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ހަބުގައެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުގެ 14:00ގެ ކުރިން ކިޔު.އާރު ކޯޑު ސްކޭންކޮށްގެން ބައިވެރިވެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު