Saturday, October 31
ވަގުތީ ނަތީޖާ: ގިނަ ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކުގެ ގޮނޑިތައް ޕީއެންސީ އަށް

އިއްޔެ ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަމުގައި ނަތީޖާތަކުން ދައްކައިފިއެވެ.

މިގޮތުން މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު، ޕީއެންސީން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޖުމުލަ 266 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރީ 232 ގޮނޑިއެވެ.

މީގެ އިތުރުން އ.ތ.މ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީން 193 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އެމްޑީޕީ އަށް ލިބިފައިވަނީ 170 ގޮނޑިއެވެ.

އަދި އިންތިޚާބުތަކުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސްކަން ކާމިޔާބުކޮށްފައި ވަނީވެސް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު