Saturday, October 31
ވަގުތީ ނަތީޖާ: ފަސް ސިޓީގެ މޭޔަރު ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފި

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖޭގެ ދަސް ސިޓީގެ މޭޔަރުގެ ގޮނޑިވެސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

މިގޮތުން މިއަދު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މާލޭގެ މޭޔަރުގެ ގޮނޑި ދިފާޢުކުރެއްވީ މިހާރުވެސް އެ މަޤާމުގައި ހުންނެވި އާދަމް ޢާޒިމެވެ. އަދި އައްޑޫ ސިޓީގެ މޭޔަރު ކަމަށް އެ މަޤާމުގައި މިހާރު ހުންނެވި ޢަލީ ނިޒާމު އިންތިޚާބުވެވަޑައިގެންނެވިއިރު، ކުޅުއްދުއްފުށި ސިޓީގެ މޭޔަރުކަންވެސް ކާމިޔަބުކުރެއްވީ މިހާރު އެ މަޤާމުގައި ހުންނެވި މުޙައްމަދު އާތިފެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގެ މޭޔަރުގެ މަޤާމަށް އެ މަޤާމުގައި މިހާރުވެސް ހުންނެވި އިސްމާޢީލް ރަފީޤު ހޮވިވަޑައިގެންނެވިއިރު، ތިނަދޫ ސިޓީގެ މޭޔަރގެ މަޤާމަށް ވެސް ހޮވިވަޑައިގެންނެވީ އެ މަޤާމުގައި މިހާރު ހުންނެވި ސަޢުދު ޢަލީ އެވެ.

މިއަދުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކައުންސިލް އިންތިޚާބުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކުރުމާމެދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގިނަ ރައްޔިތުން ބުރަވަނީ ދެ އިންތިޚާބު އެއް ނުކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު