މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ %44 މީހުން ވޯޓު ލާފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އީސީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު 14:00 އާ ހަމައަށް ޖުމުލަ 131،947 މީހުން ވަނީ ވޯޓު ލައިފައެވެ. މީގެ ތެރޭގައި ހިމެނެނީ 63،175 އަންހެނުންނާއި 68،772 ފިރިހެނުންނެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 44.755 އިންސައްތައެވެ.
މީގެ އިތުރުން އީސީން ހާމަކުރި ގޮތުގައި މިއަދު 14:00 އާ ހަމައަށް ވޯޓު ނުލާ މީހުންގެ ޖުމުލަ އަދަދަކީ 162،929 އެވެ.
މިއަދު ކުރިއަށްދާ އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވަނީ ޖުމުލަ 194،876 މީހުންނަށެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.







