Saturday, October 31
މުލީގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް 800 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެނެސްފި

ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މ.މުލީގެ ގައި ބޭނުން ކުރުމަށް 800 ކިލޯވޮޓުގެ މުޅިން އައު ޖެނެރޭޓަރެއް ގެނެސްފިއެވެ.

މި ޖެންސެޓް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި މުއްޔަށް ބާލައި، ފެނަކަ މުލީ ބްރާންޗަށް އިއްޔެ ވަނީ ގެންގޮސްފައެވެ.

ފެނަކައިން ބުނީ މި ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށުމަށް ތައޔާރުވަމުންދާއިރު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތަށް ގެނެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މުލީގައި މި ޖެންސެޓް އިންސްޓޯލް ކުރެވުމުން، އެރަށުގެ އިންސްޓޯލް ކެޕޭސިޓީ 1200ކވ ން 2000ކވ އަށް އިތުރު ވެގެންދާނެއެވެ.

މި ޖެންސެޓް އިންސްޓޯލްކޮށް ޚިދުމަތަށް ބޭނުން ކުރަން ފެށުމުން، މުލީގެ ޑިމާންޑަށް ސަޕްލައި ކުރުމަށް އެއްވެސް ދަތިކަމެއް ނައިސް، ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު