Monday, November 9
ލޯންޗެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު ނިޔާވެއްޖެ

ލޯންޗެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އދ. އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި ނިޔާވެފައިވާ މައްސަލައެއް 2026 އޭޕްރީލް 1 ވަނަ ދުވަހުގެ ހެނދުނު 09:59 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި ނިޔާވެފައި ވަނީ ޖަރުމަނުވިލާތުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު