Saturday, October 31
އޭއީއެޗްގައި 15 އިންޓަރންޝިޕް ފުރުސަތު ހުޅުވައިފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ފެށި ފުރަތަމަ ހޮސްޕިޓަލެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާރު މިވަނީ ފުރުޞުތު ހުޅުވާލާފައެވެ. އެ ހޮސްޕިޓަލުން ހުޅުވާލާފަވަނީ 15 ފުރުޞަތެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި އިންޓަރން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ގްރެޖުއޭޓުން، 1 އެޕްރީލް 2026 ދުވަހުން ފެށިގެން 25 މޭ 2026 ވާ ދުވަހުގެ 13:00 އާއި ހަމައަށް އެކަމަށް އެދި ފޯމު ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިންގެ ޝަރުތުތަކާއި ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލްތައް ގެޒެޓުގައި ވަނީ ހިމަނާފައެވެ.

އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލްފޮނުވާ ތަރުތީބަށް ކަމަށް އެ ހޮސްޕިޓަލްއިން ވިދާޅުވިއެވެ.

އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މެޑިކަލް ކޮލެޖް ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއެކު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ސައްޙަ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުންކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުންވެސް އިންޓަރންޝިޕްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު