Monday, November 9
މާކުރަތު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފި

ރ.މާކުރަތު ޞިއްޙީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު މުހައްމަދު މާހިރު އެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފް އެވެ.

މި މަޝްރުޢޫގެ ދަށުން ނާސް ސްޓޭޝަނާއި، 04 އެނދުގެ ވާޑެއް، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ ޤާއިމުކުރެވިގެންދާނެ އެވެ.

ޖުމްލު 300 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރުޢޫގެ އަގަކީ 5.1 މިލިއަން ރުފިޔާ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު