Monday, November 9
ކުރީގެ ޑީސީޕީ ޢަބްދުއްޝަކޫރު އަވަހާރަވެއްޖެ
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުالله އަވަހާރަވެއްޖެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ޝަކޫރު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި އިންޑިއާގައެވެ. ޝަކޫރު އަވަހާރަވުމަ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައިފައެވެ. މިގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނެފައިވަނީ ޝަކޫރު ވަނީ އެ ޚިދުމަތަށް 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ކަމަށެވެ. "ހިތާމައިގެ މި ދަނޑިވަޅުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުالله ގެ ލޮބުވެތި ޢާއިލާއަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ނަމުގައި އިޚްލާސްތެރި ތަޢުޒިޔާ ދަންނަވަން. އަދި މަރުޙޫމުގެ ފުރާނައަށް ސުވާރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ބަރުޒަޚުގެ ޢާލަމް ތަނަވަސް ކޮށްދެއްވުން އެދި މާތްالله ގެ ޙަޟުރަތުގައި ދުޢާ ދަންނަވަން"، އެ ޕޯސްޓުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު