Monday, November 9
ގއ. ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި
ގއ. ވިލިނގިލީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް އަދި ދަނާލެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އެމްއެންޔޫ އިން ހާމަކުރި ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ސޮލެކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެއެވެ. އެމްއެންޔޫ އިން ބުނީ މިއީ މުޅި ރާއްޖެއަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދީ ފުޅާ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު