Monday, November 9
ހެންވޭރު ފެރީ ޓަރމިނަލުން ފުރާ އަތޮޅު ފެރީތައް އަންނަ ހޯމަ ދުވަހުން ފެށިގެން މާފަންނާއި ހުޅުމާލޭ ޓަރމިނަލަށް
ހެންވޭރު ފެރީ ޓަރމިނަލުން ލަފާ ފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓަރމިނަލާއި ހުޅުމާލެ ފެރީ ޓަރމިނަލް މެދުވެރިކޮށް ލަފާ ފުރާގޮތަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމުގައި އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިކަން ހާމަކޮށްފައިވަނީ މިއަދު ކުރި ޕޯސްޓެއްގައެވެ. މިގޮތުން އެމްޓީސީސީން ބުނީ މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ މާރިޗު 23 ވާ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅައިގެން ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު