Saturday, October 31
އޮބްޒާވަރުންނާއި މޮނީޓަރުން އަދި މަންދޫބުން ނަގަންޖެހޭ ހުއްދަ ދުރާލައި ނެގުމަށް އެދެފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގައި އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި، ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ޖަލުތަކުގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ނަގަންޖެހޭ ހުއްދަ ދުރާލައި ނެގުމަށް އަންގައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިންތިޚާބުގައި ރިސޯޓުތަކާއި، ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ޖަލުތަކުގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން އެތަންތަނަށް ވަނުމުގެ ހުއްދަ ނެގުމަކީ އެފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން ރިސޯޓުތަކާއި، ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ޖަލުތަކުގެ ވޯޓުލާ މަރުކަޒުތައް އޮބްޒާރވްކޮށް މޮނީޓަރ ކުރަން އެދޭ ފަރާތްތަކުން މި ތަންތަނުން ނަގަންޖެހޭ ހުއްދަ ދުރާލާ ނެގުމަށް އީސީން ވަނީ އެދިފައެވެ.

ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާންމު ވޯޓު އޮންނާނީ 4 އެޕްރީލް 2026 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު