ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް އެއް ދުވަސް އިތުރުކޮށްފިއެވެ.
އިންތިޚާބާ ބެހޭ މަރުކަޒާއި ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ރޭގަ ހިނގުމާއި ގުޅިގެން، އެ މަރުކަޒު މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ހެދުނު 10:00 ގައި ވަނީ ފަށައިފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ރޭ ހިނގައިދިޔަ ހާދިސާއާ ގުޅިގެން ލިސްޓުގައި ސޮއިކުރުމަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން 2026 މާރިޗު 21 ވާ ހޮނިހިރު ދުވަހު 10:00 އިން 13:00 އަށް ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަސައްކަތަށް އެއްދުވަސް އިތުރު ކުރިނަމަވެސް، މި ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް، މިއަދު ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށް އީސީން ބުންޏެވެ.
އަދި އިންތިޚާބާ ބެހޭ މަރުކަޒު ހުރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް އިންތިޚާބުގެ ތާވަލްގައި ވާ ގޮތަށް ހުރިހާ މަސައްކަތްތަކެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށްވެސް އީސީން ބުންޏެވެ.






