Monday, November 9
އިޒްރޭލުން އީރާނުގެ އިންޓެލިޖަންސް މިނިސްޓަރު އަވަހާރަކޮށްލައިފި

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އީރާނުގެ އިންޓެލިޖަންސް މިނިސްޓަރު، އިސްމާޢީލް ޚާތިބު އަވަހާރަކޮށްލާފައިވާކަން އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ކަށަވަރުކޮށްދެއްވައިފިއެވެ.

ރައީސް ޕެޒެޝްކިއަން ވަނީ މިއީ "ފިނޑި ޢަމަލެއް" ކަމަށް ސިފަކުރައްވައި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

މިގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއަން، މި ޙަމަލާ ދިނީ ކޮން ބައެއްކަން ސީދާ ވިދާޅުނުވި ނަމަވެސް، އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޚަތީބު "ނައްތާލާފައިވާ" ކަމަށް އިޢުލާންކޮށްފައިވާ ކަމަށް އޭއެފްޕީ ނިއުސް އެޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ.

"އަޅުގަނޑުގެ ލޮބުވެތި އެކުވެރިން ކަމަށްވާ އިސްމާޢީލް ޚާތިބު، ޢަލީ ލާރިޖާނީ އަދި އަޒީޒް ނާޞިރުޒާދާގެ އިތުރުން އެބޭފުޅުންގެ އާއިލާގެ ބައެއް މެންބަރުންނާއި ޓީމުގެ މެންބަރުން ފިނޑި ގޮތަކަށް އަވަހާރަކޮށްލުމަކީ އަޅުގަނޑުމެން ނުހަނު ހިތާމަކުރާ ކަމެއް،" އީރާނުގެ ސެކިއުރިޓީ ޗީފް އާއި ޑިފެންސް މިނިސްޓަރަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު މިއަދު ބުނީ، އެޤައުމުގެ އަސްކަރިއްޔާއިން އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚާތިބު މަރާލާފައިވާ ކަމަށެވެ. ޚަތީބު އަވަހާރަކޮށްލާފައި މިވަނީ، އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލް ޢަލީ ލާރިޖާނީ އާއި ރިވޮލިއުޝަނަރީ ގާޑްގެ ބަސީޖް ފޯސްގެ ވެރިޔާވެސް އިޒްރޭލުން މަރާލާފައި ވަނިކޮށެވެ.

މީގެއިތުރުން، ބުދަ ދުވަހު އީރާނުން ވަނީ އިޒްރޭލަށާއި އަވަށްޓެރި ގަލްފްގެ ޤައުމުތަކަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ. މިގޮތުން އެކުވެރި ޢަރަބި އިއްތިހާދު (ޔޫއޭއީ) އާއި ޤަޠަރުގައި ގޮވުންތަކުގެ އަޑު އިވިފައިވާއިރު، ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުވި ބައެއް ޙަމަލާތައް ދިފާޢީ ބާރުތަކުން ހުއްޓުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު