Wednesday, November 11
48 ގަޑިއިރުގެ ތެރޭގައި 230،000 އަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފި

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 48 ގަޑިއިރުގެ ތެރޭގައި 230،000 އަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިގޮތުން ފުލުހުން މިއަދު ޝާއިޢުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާރިޗު މަހުގެ 9 އާއި 10 އާ ދެމެދު، 231،000ރ. އަނބުރާ ހޯދާފައިވެއެވެ.

މީގެ ތެރެއިން ގަލޮޅު ޕޮލިހުން 224،600ރ. ހޯދާފައިވާއިރު، ހެންވޭރު ޕޮލިހުން 4،000ރ. އަދި މާފަންނު ޕޮލިހުން 2،400ރ. ވަނީ ހޯދައިފައެވެ.

މާރިޗު މަހުގެ 9 އާއި 10 އާ ދެމެދު ގަލޮޅު ޕޮލިހުން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރެއިން 122 މީހަކު ހުއްޓުވައި ސުވާލުކޮށް، ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، 911 އަށް ލިބުނު 21 ކޯލަކަށް ވަނީ އެޓެންޑްވެފައެވެ. އަދި ޓްރެފިކް ޕޮލިހުން 17 މައްސަލައެއް ބަލާފައިވާއިރު، 703 ލޮކޭޝަން ބަލައިފާސްކޮށްފައިވާއިރު، މި 48 ގަޑިއިރުގެ ތެރޭގައި ގަލޮޅު ޕޮލިހުން ޖުމުލަ 33މައްސަލައެއް ރިކޯޑުކޮށްފައިވެއެވެ.

މީގެ އިތުރުން ހެންވޭރު ޕޮލިހުން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރެއިން 156 މީހަކު ހުއްޓުވައި ސުވާލުކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، 911 އަށް ލިބުނު 17 ކޯލަކަށް ވަނީ އެޓެންޑްވެފައެވެ. އަދި ޓްރެފިކް ޕޮލިހުން 98 މައްސަލައެއް ބަލާފައިވާއިރު، 572 ލޮކޭޝަން ބަލައިފާސްކޮށްފައިވާއިރު، މި 48 ގަޑިއިރުގެ ތެރޭގައި ހެންވޭރު ޕޮލިހުން ޖުމުލަ 21 މައްސަލައެއް ރިކޯޑުކޮށްފައިވެއެވެ.

އަދި މާރިޗު މަހުގެ 9 އާއި 10 އާ ދެމެދު މާފަންނު ޕޮލިހުން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރެއިން 151މީހަކު ހުއްޓުވައި ސުވާލުކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، 911 އަށް ލިބުނު 26 ކޯލަކަށް ވަނީ އެޓެންޑްވެފައެވެ. އަދި 341 ލޮކޭޝަން ބަލައިފާސްކޮށްފައިވާއިރު، މި 48 ގަޑިއިރުގެ ތެރޭގައި މާފަންނު ޕޮލިހުން ޖުމުލަ 37 މައްސަލައެއް ރިކޯޑުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު