Wednesday, November 11
އިރާޤުގެ ކުރްދިސްތާންގައި ހުންނަ ޔޫއޭއީގެ ކޮންސިއުލޭޓް ޖެނެރަލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އިރާޤުގެ ކުރުދިސްތާން ސަރަޙައްދުގައި ހުންނަ އެކުވެރި ޢަރަބި އިއްތިހާދު (ޔޫއޭއީ) ގެ ކޮންސިއުލޭޓް ޖެނެރަލަށް އަމާޒުކޮށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިޕްލޮމެޓިކް މިޝަންތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ، ޑިޕްލޮމެޓިކް ގުޅުންތަކާބެހޭ ވިއެނާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު، އަދި ބައިނަލްއަޤުވާމީ ގޮތުން ޤާއިމުކޮށްފައިވާ ޑިޕްލޮމެޓިކް އުސޫލުތަކާއި މިންގަނޑުތަކަށް ބުރޫއަރާ ފަދަ ސީރިއަސް ޢަމަލެއްކަން ދިވެހި ސަރުކާރުން ފާހަގަކުރާ ކަމަށެވެ.

މީގެއިތުރުން، ޑިޕްލޮމެޓިކް މިޝަންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ތަކުރާރުކޮށް ފާހަގަކުރަމުން، މި ދަނޑިވަޅުގައި ޔޫ.އޭ.އީ ގެ ސަރުކާރާއި އެޤައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން ފުރިހަމައަށް ސާބިތުވެ އޮތް ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު