Wednesday, November 11
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފި

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުއާލަލަންޕޫރުގެ ޖޭ.ޑަބްލިޔު މެރިއެޓް ހޮޓަލުގައި ބޭއްވި މި ހަފްލާ ސޮޕޮންސަރ ކޮށްދެވީ އަމިއްލަފަރާތެއް ކަމުގައިވާ "ހޯކްސް ޕްރައިވެޓް ލިމިޓެޑް" އިންނެވެ. މެލޭޝިއާގައި ކިޔަވާ ދިވެހި ކިޔަވާ ކުދިން ހިމެނޭހެން މި ރޯދަ ވީއްލުމުގައި މި އަހަރުވެސް މެލޭޝިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މި ހަފްލާގައި އަލަށް ހޮވުނު މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން، މެލޭޝިޔާ (އެމް.އެސް.އޭ.އެމް)ގެ އެކްސްކޯގައި ހިމެނޭ ދަރިވަރުންގެ ކުރު ތަޢާރަފެއް ދިން ކަމަށާއި، އެމް.އެސް.އޭ.އެމް ގެ ފަރާތުން ކުރިއަށް ރޭވިފައިވާ ޕޮރޮގްރާމްތަކުގެ މަޢުލޫމާތު ކޮމިއުނިޓީއާ ހިއްސާ ކުރެވުނު ކަމަށެވެ.

މީގެ އިތުރުންބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތަކާއެކު، ހައިކޮމިޝަނުގެ މުވައްޒަފުންގެ ފަރާތުން މި ހަފްލާގައި "ތިޔަބޭފުޅުންގެ ފުރުސަތު" ނަމުގައި ވަނީ ޚާއްސަ ނަސީބު ގުރުއަތެއް ކުރިއަށް ގެންގޮސްފައެވެ. މި ގުރުއަތުގެ ދަށުން ޖުމްލަ 11 އިނާމެއް ބައިވެރިންނަށް ހުށަހަޅާފައިވެއެވެ.

މި އިނާމުތަކުގެ ތެރޭގައި އަގުހުރި ހަދިޔާތަކެއް ހިމެނުނެވެ. މިގޮތުން 58 އިންޗީގެ ޓީ.ވީއެއްވެސް މި ގުރުއަތުގައި ހިމެނިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު