Wednesday, November 11
މާލެ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލަށް ބަދަލުތަކެއް

މާލެ ނޯތު ހާބަރުގައި ޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބައެއް ބަދަލުތައް ގެނައުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

ތިރީގައި މިދަންނަވާ ބަދަލުތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ 14 މާރޗް 2026 ވަނަ ދުވަހުގެ ހެދުނު 0800 އިން ފެށިގެންނެވެ.

މިގޮތުން އެމްޕީއެލް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު، ފުރާވަގުތުން ފެށިގެން ކޮންްމެ ކިޔު އެއްގައިވެސް ނޯޓު ކުރެވިދާނެ ކަމަށާއި، ކިޔު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ 2 (ދޭއް) ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން "ހޯލްޑް" ކުރެވޭނެ ކަމަށެވެ. އަދި ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅާ ޖާގަ ދެމުންގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި ދެ ޒޯނުން "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ (އަންހޯލްޑް ކުރެވޭނީ)، އެ އުޅަނދެއް ގްރޭޓަރ މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުން ކަމަށާއި، މިގޮތަށް ގުޅައި "އަންހޯލްޑް" ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

އަދި އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި "ހޯލްޑް" ކުރުމަށްފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެނަމަ ގުޅާނީ "އަންހޯލްޑް" ކުރިތާ 2 (ދޭއް) ގަޑިއިރު ފަހުން ކަމަށާއި، އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރެވޭނެ ކަމަށާއި، މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން 3 (ތިން) ފަހަރުއެވެ. 4 ވަނަ ފަހަރު ކިޔުއިން ކެންސަލްވާނެ ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލް އިން އިތުރަށް ހާމަކުރި ގޮތުގައި  އޭ-ޒޯން އަދި ސީ-ޒޯންގައި "ހޯލްޑް" ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔުގައި "ހޯލްޑް" ނުވަތަ "ޕޯސްޓްޕޯން" (ފަސް) ކުރުމެއް ނޯންނާނެއެވެ. އެކްސްޕްރެސް ކިޔުއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ 4 (ހަތަރެއް) ގަޑިއިރުގެ ވަގުތެކެވެ. މި ވަގުތަށް ކީވޯލް ޗާޖް ހިނގާނެއެވެ. އަދި މި 4 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އެ އުޅަނދެއް ކިޔުއިން ކެންސަލްވާނެއެވެ.

އެމްޕީއެލްގެ އިޢުލާނުގައި ބުނެފައިވާ ގޮތުން އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން "ހޯލްޑް" ކުރުމަށްފަހު، "އަންހޯލްޑް" ނުކޮށް ގިނަވެގެން ބޭއްވޭނީ 5 (ފަސް) ދުވަސް ނުވަތަ 120 ގަޑިއިރަށެވެ. އަދި މި މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރެވޭނެއެވެ (ކެންސަލްވާނެއެވެ).

އެ ކުންފުނިން ބުނީ މާލެ ނޯތު ހާބަރުން ފުރުމަށްފަހު ކިޔުގައި ނޯޓު ކުރުމާއި، ކިޔުއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އެ އުޅަނދެއްގެ ޒިންމާއެއް ކަމަށެވެ.

އެމްޕީއެލްގެ އިޢުލާނުގައި ބުނެފައިވާ ގޮތުން މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ 2026 މާރިޗު 14 ވަނަ ދުވަހުގެ ހެދުނު 08:00 އިން ފެށިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު