Wednesday, November 11
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީ މީހާއަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ޝަކުވާއެއް ކޮށްފައި ނުވޭ: ފުލުހުން

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީ މީހާއަށް ފުލުހުންގެ ފަރާތުން އަނިޔާއެއް ލިބިފައިވާ ކަމުގެ ޝަކުވާއެއް ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ވަނީ ތަހުގީގުކުރަން ފަށައިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެޗްއާރުސީއެމުން ކުރިއަށްގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމަށެވެ.

އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމާއި، ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މި ބިދޭސީ މީހާއަށް އަނިޔާކުރި ކަމަށް ބުނެ މީސްމީޑިއާގައި ބައެއް ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު