23 ވަނަ ޤައުމީ ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި އިޢުލާނެއްގައި ވަނީ 23 ވަނަ ޤައުމީ ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ، އެއެސޯސިއޭޝަންގެ މެމްބަރު ޖަމްޢިއްޔާތަކުން، ބައިވެރިވުމަށް އެދޭ ފޯމް އަދި ޓީމްލިސްޓް ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ފޮނުވައި ދިނުމަށް އެދިފައެވެ.
މިގޮތުން ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޓޯނަމެޓްގައި ފިރިހެން ޓީމުތަކުން ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭނީ މާރިޗު 30 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ކަމަށްވާއިރު، ޓީމު ލިސްޓު ހުށަހެޅުމުގެ ސުންގަޑި އަކީ އެޕްރީލް 7 ވަނަ ދުވަހުގެ 13:00 އެވެ.
މީގެ އިތުރުން އަންހެން ޓީމުތަކުން ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އެޕްރީލް 12 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޓީމް ލިސްޓް ހުށަހެޅޭނީ އެޕްރީލް 16 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ.
23 ވަނަ ޤައުމީ ނެޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 12 ވަނަ ދުވަހު އެވެ.






