Saturday, October 31
މުރަނގަ އުފައްދާ މިންވަރު އިތުރުކޮށް ހާއްސަ މަޝްރޫއެއް ހިންގަނީ

މުރަނގަ އުފައްދާ މިންވަރު އިތުރުކޮށް، މުރަނގައިން އަގު އެއްކޮށްފައިވާ ތަކެތި އުފެއްދުމަށް ހާއްސަ މަޝްރޫއެއް ހިންގުމަށްވެސް ސަރކާރުން ރާވާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ޑރ.މާރިޔާ މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަނާގެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް ތަފުސީލުކޮށް ބަޔާންކޮށްދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މުރަނގައިން ލިބޭ މަންފާ އިތުކުރުމަށް ހިންގަމުންދާ މި މަޝްރޫއުގެ ދަށުން މުރަނގައިން އަގު އެއްކުރި ތަކެތި އުފެއްދުމަށް ބޭނުންވާ މެޝިނަރީތައް މި އަހަރު ތެރޭގައި ހޯދައި، އަގު އެއްކުރުމުގެ ތަމްރީނުތައް ދިނުމުގެ މަސައްކަތް މި އަހަރު ތެރޭ ވުޒާރާއިން ފަށާނެއެވެ.

އޭގެ އިތުރަށް ފަތްކެޔޮ އުފައްދާ އިތުރުކުރުމަށް 13 ރަށެއްގަައި ފަތްކޭލުގެ ދަނޑުވެރިކަމަށް ބިންތަކެއް ހާއްސަކޮށް އެ ރަށްރަށުގައި ފަތްކެޔޮ އާލާކުރުމަށް ބޭނުންވާ ގަސްކާނާއާއި އެހެނިހެން ވަސީލަތްތައް އެ ރަށްރަށަށް ފޮނުވައި ފަތްކެޔޮ އާލާކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަގުއިތުރުކުރުމުގެ މަސައްކަތްކުރުމަށް ހާއްސަ މަރުކަޒެއް ށ.ގޮއިދޫގައި ގާއިމުކުރެވިފައިވާނެއެވެ. މި މަރުކަޒަކީ ސާކްއިން ކުރިއަށްގެންދާ މަޝްރޫއެއްގެ ދަށުން ގާއިމުކޮށްފައިވާ މަރުކަޒެކެވެ.

ޑރ.މާރިޔާ ވިދާޅުވީ ށ.ގޮއިދޫގައި ގާއިމުކުރި ވެލިއު އެޑިޝަން ފެސިލިޓީއަށް ބޭނުންވާ މެޝިނަރީއާއި އެހެނިހެން ސާމާނު ހޯދުމަށް މިހާރު އެވުޒާރާއިންވަނީ އިއުލާނުކޮށްފައެވެ.

"ށ.ގޮއިދޫގައި ވެލިއު އެޑިޝަން ފެސިލިޓީއެއް ގާއިމުކޮށްފައިވޭ. މި ފެސިލިޓީއަށް ބޭނުންވާ މެޝިނަރީއާއި ތަކެތި ހޯދަންވަނީ އިއުލާނުކޮށްފަައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ށ.ގޮއިދޫގައި ވެލިއު އެޑެޑް ތަކެތި އުފައްދަން ފަށާނެ،" ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު