އާދިއްތަ, October 11
މެދުކެނޑުމެއްނެތި އަސާސީ ކާނާ ލިބޭނެކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް!

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި އަސާސީ ކާނާގެ ބާވަަތްތައް ލިބެމުންދާކަން ކަށަވަރުކުރުމަށް ސަރުކާރުން ގިނަ ގުނަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ ބައްދަލުވުމުގައި ނިންމެވި ގޮތަށް އަސާސީ ކާނާގެ ބާވަތްތައް މެދުކެނޑުމެއް ނެތި ރައްޔިތުންނަަށް އަތްފޯރާ އަގެއްގައި ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ އެސްޓީއޯއާ ކަމަށެވެ.

އެގޮތުން އެސްޓީއޯއިން މާލެއާއި ހުޅުމާލޭގެ އިތުރަށް އަތޮޅު ތެރޭގައި 3،000 އިން މަތީ އާބާދީތަކާއި އެއަށްވުރެ ކުޑަ އާބާދީތަކަށް އެސްޓީއޯގެ އެޖެންޓުން މެދިވެރިކޮށް މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ކޮށްފައިވާކަމަށާއި، ސިޓީތަކުގައި ސީދާ އެސްޓީއޯއިން އެ މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

މުދާ އުފުލުމާއި ރައްކާކުރުމަކީވެސް ދެމެހެއްޓެނެވި ގޮތުގައި މިފަދަ މުދާ ފޯރުކޮށްދިނުމުގައި ސަރުކާރުން ރިއާޔަތްކުރަންޖެހޭ ކަމެއްކަަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ކުޅުދުއްފުށީގައި އަދި އައްޑޫގައި އިތުރު ޑިއުޓީއެއް ނުދައްކައި މުދާ ރައްކާކުރެވޭނެ އިންތިޒާމު އެމްޕީއެލްއިން ހަމަޖައްސައިދީފައިވާ ކަމަށެވެ.

"ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ދެއްކުމަކާ ނުލައި މުދާ ރައްކާކުރެވޭނެ އިންތިޒާމު އެމްޕީއެލްއިން ހަމަޖައްސާފަައިވާނެ. އަދި އައްޑޫ ހިތަދޫ ޕޯޓުގައިވެސް ކުޅުދުއްފުށީގައި ހަމަޖެއްސި އިންތިޒާމު ހަމަޖައްސާފައިވާނެ،" ސައީދު ވިދާޅުވިއެވެ.

އޭގެ އިތުރަށް އެންކާގެ ނަމުގައި މުދާ އުފުލާނެ ހާއްސަ ކަނޑުގެ މަގުތަކެއް މިހާރު ކަނޑައަޅާފައިވާކަމަށް ސައީދު ވިދާޅުވިއެވެ. މުދާ އުފުލާ މި ރޫޓުތައް ކަނޑައެޅުމުގެ ބޭނުމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިވާ އެހެނިހެން ގޮންޖެހުންތަކުގެ ތެރޭގައިވެސް ރަށްރަށަށް ބޭނުންވާ މުދާ މެދުކެނޑުމެއް ނެތި ފޯރުކޮށްދެވޭކަން ކަށަވަރުކުރުން ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ނިންމާފައިވަނީ އަސާސީ ކާނާގެ ގޮތުގައި ކަނޑައަޅާފަައިވާ ބާވަތްތައް ލިބެންހުރި ގައުމަކުން ގެނެސްގެން ރައްޔިތުންނަށް ވީހާވެސް ހެޔޮ އަގެއްގައި ދާއިމީ ގޮތެއްގައި މެދުކެނޑުމެއް ނެތި ލިބެމުންދާނެކަން ކަށަވަރުކުރުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު