Saturday, October 31
ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބިން ހިއްކަން އުޅޭ ވާހަކައަކީ ދޮގެއް: ވަޒީރު އަމީން
ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބިން ހިއްކަން އުޅޭ ވާހަކައަކީ ދޮގެއް ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު ވިދާޅުވީ ބ. ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބިން ހިއްކުމާ ގުޅޭގޮތުން މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި އެ އެއާޕޯޓާ މެދު ސަރުކާރުން މިހާރު ގެންގުޅުއްވާ ތަސައްވުރަކީ، ދަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކައި އެއާޕޯޓުގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، ޓާމިނަލްގެ އުމްރާނީ އޮނިގަނޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުން ކަމުގައި ވަޒީރު ވިދާޅުވިއެވެ. 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ހުޅުވި ދަރަވަންދޫ އެއާޕޯޓަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިން ހެދި އެއާޕޯޓެކެވެ. އެ އެއާޕޯޓު މިހާރު ހިންގަމުންދަނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ކަމަށްވާއިރު، އެ ކުންފުނިން ވަނީ އެއާޕޯޓުގެ ޕެސެންޖަރ ޓަރމިނަލް ބޮޑުކުރުމުގެ ޑިޒައިން ހެދުމަށާއި ކޮންސަލްޓަންސީ ސަރވިސް ފޯރުކޮށްދިނުމަށް އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު