Saturday, October 31
މަދަނީ ބައިވެރިވުމާ ގުޅޭ މަޝްވަރާގެ ބައްދަލުވުމެއް ބާއްވަނީ

މަދަނީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމާއި، މުޖުތަމައުގެ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ޒުވާނުންގެ ސައްލާ" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޑައިލޮގް ސެޝަން އޮންނާނީ 4 މާރިޗު 2026 ވާ ބުދަ ދުވަހުގެ ރޭ 21:00 ގައި ޔޫތު ހަބްގައެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ގައުމީ އަދި އިޖުތިމާއީ ކަންކަމުގައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ.

މި ސައްލާގައި ބައިވެރިވާން އެދޭ ޒުވާނުންނަށް މިހާރު ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ސްކޭންކޮށްގެން ރަޖިސްޓްރީ ކުރެއްވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު