Saturday, October 31
"ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026" މާދަމާ ފަށަނީ

ޔޫތު މިނިސްޓްރީ އަދި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށްގެން މި ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026" މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޔޫތު މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިންގ މުބާރާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ، އެމްއެލްބީބީ އަދި ޓެކެން ހިމެނެއެވެ.

މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 އިން 28 ގައި ޔޫތު ހަބުގައެވެ.

ކޮންމެ ގޭމެއްގެ 1 ވަނައަށް އަންނަ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށާއި، ދެވަނައަށް 3000 ރުފިޔާ ލިބިގެންދާއިރު، ތިންވަނައަށް އަންނަ 2000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު