Monday, October 12
އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު ފުރުން ފާހަގަކޮށްފި

އިންޑިއާގެ ޤައުމީ އެއާލައިން، އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

މިގޮތުން މި މުނާސަބަތާ ގުޅިގެން މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖެއްސި އެއާ އިންޑިއާގެ ފްލައިޓަށް ވަނީ ވޯޓަރ ސެލިއުޓަކުން ހޫނު މަރުޙަބާއެއް ކިޔައިފައެވެ.

އަދި މި ފްލައިޓުން ރާއްޖެ އައި ހުރިހާ ފަސިންޖަރުންނަށް ފިނިފެންމަލަކާއި ކުކީސް ވަނީ ހަދިޔާކޮށްފައެވެ.

21 ފެބުރުވަރީ 1976 ގައި ރާއްޖެއަށް ދަތުރުތައް ފެށި އެއާ އިންޑިއާ އަކީ ރާއްޖެއަށް ދަތުރުކުރަން ފެށި އިންޑިއާގެ ފުރަތަމަ އެއާލައިނެވެ.

މިހާރު އެއާ އިންޑިއާގެ އިތުރުން އެ ޤައުމުގެ އެހެނިހެން ބައެއް އެއާލައިންތަކުންވެސް ރާއްޖެއަށް ދަތުރު ކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު