Tuesday, October 27
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ލައިފްޓައިމް އެވޯޑް ކުޑަ މޫސަ އާއި ނަދީމަށް

ކުޅިވަރުގެ ދާއިރާއިން ލައިފްޓައިމް އެވޯޑް ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި މޫސާ މަނިކު (ކުޑަ މޫސަ) އާއި އޭނާގެ ކޮއްކޮ މުހައްމަދު ނަދީމަށް ރޭ ދީފި އެވެ.

ކުޑަ މޫސަ އާއި ނަދީމަށް އެވޯޑް ހަވާލުކޮށްދެއްވީ، ރޭ ޒުވާނުންގެ މަރުކަޒުގައި އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ލައިފްޓައިމް އެވޯޑް ލިބުނު ކުޑަ މޫސަ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ހާއްސަކޮށް 1990 ގެ އަހަރުތަކުގައި ކުޑަ މޫސަ އަކީ ރާއްޖޭގެ ފުޓްބޯޅައިގެން އެންމެ މަޝްހޫރު ނަމެވެ.

ނަދީމް ލައިފްޓައިމް އެވޯޑާ ހަވާލުވަނީ. ފޮޓޯ: ރައީސް އޮފީސް

ލައިފްޓައިމް އެވޯޑް ލިބުނު ނަދީމަކީ ވޮލީބޯޅަ އާއި ފުޓްބޯޅަ އަދި އެތުލެޓިކްސްގައި ވެސް ފެނުނު ކުޅުންތެރިއެކެވެ. އެގޮތުން ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުމުގެ އިތުރުން ވޮލީބޯޅައިގައި ރާއްޖޭގެ އެންމެ ވަރުގަދަ ޓީމުތަކަށް ކުޅެ ގައުމީ ފެންވަރުގެ އަދި އަމިއްލަ ގިނަ ކާމިޔާބީތަކެއް ނަދީމް ހޯދި އެވެ.

ރޭގެ ހަފްލާގައި ވަނީ ލައިފްޓައިމް އެވޯޑުގެ އިތުރުން، ވަކިވަކި ކުޅިވަރުތަކުން ވެސް އެވޯޑް ހަވާލުކޮށްފައެވެ.

ކުޅިވަރު ވުޒާރާއިން އިންތިޒާމުކުރި ސްޕޯޓްސް އެވޯޑްސްގެ ރޭގެ ހަފްލާ ޚާއްޞަކުރީ 2024 ވަނަ އަހަރު ކުޅުންތެރިން ދެއްކި ހުނަރަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު