Saturday, October 31
ޕީއެންސީގެ އައްޑޫ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުން ދީފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި އައްޑޫގެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ރޭ ބަޔަކު ގެއްލުން ދީފިއެވެ.

މިގޮތުން ޕީއެންސީން މަޢުލޫމާތު ދިން ގޮތުގައި އެ ޕާޓީގެ 22 ކެންޑިޑޭޓެއްގެ ޕޯސްޓަރުގައި ބަޔަކު ވަނީ ކަޓަރު އަޅައި ގެއްލުން ދީފައެވެ.

މި މައްސަލަ އެ ޕާޓީން ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.

ކައުންސިލް އިންތިޚާބުގައި ޕީއެންސީން އައްޑޫގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާއިރު، އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 4 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު