Tuesday, October 27
އައިޔޫއެމްގެ ކެމްޕަހެއް މަރަދޫފޭދޫގައި ހުޅުވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކެމްޕަހެއް އައްޑޫ ސިޓީ މަރަދޫފޭދޫގައި ރަސްމީކޮށް ހުޅުވައިފި އެވެ.

މި ކެމްޕަސް ހުޅުއްވައިދެއްވީ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، މަރަދޫފޭދޫ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ތިބެގެން ޕީއެޗްޑީއާ ހަމައަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިވުމަކީ އައްޑޫސިޓީގެ ރައްޔިތުންނަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމަށެވެ.

މަރަދޫފޭދޫ ކެމްޕަހުގައި ކިޔެވުނަ ފަށާފައި މިވަނީ މާސްޓަރސް ޑިގްރީގެ ކޯހަކާއެކު ޖުމްލަ ހަރަތު ކޯސް ހިމެނޭ ގޮތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު