Tuesday, October 27
ތިނަދޫގައި ހިތުގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ފެށުމަށް ބޭނުންވާ ކާޑިއޮލޮޖިސްޓް 27 ޖެނުއަރީ 2026 ގައި ތިނަދޫއަށް ވަޑައިގަތުމާ ގުޅިގެން، ހޮސްޕިޓަލުން ރަސްމީކޮށް މި ޚިދުމަތް ދޭން ފަށާފައިވަނީ 29 ޖެނުއަރީ 2026 ގައެވެ. މި ވަގުތު ދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި، ހިތުގެ ބަލިތަކަށް ޚާއްޞަ އޯޕީޑީ ފަރުވާއާއި، ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ އިތުރުން "އެކޯ" ހެދުމުގެ ޚިދުމަތް ހިމެނެއެވެ.

މީގެ އިތުރުން، ހިތުގެ ބަލިތަކާ ގުޅުންހުރި އިތުރު ޚިދުމަތްތައް ވަރަށް އަވަހަށް ހޮސްޕިޓަލުގައި ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު