Wednesday, October 28
ރޯދަ މަހު ފުރަތަމަ ހަފުތާގައި އެކަނި ސްކޫލްތަކުގައި ކިޔަވައިދޭގޮތަށް ނިންމައިފި
މިއަހަރުގެ ރަމަޟާން މަހު، ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފުތާގައި އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އަންނަ އަންގާރަ ދުވަހު ފެށޭ ދިރާސީ އާ އަހަރުގެ ކަލަންޑަރު އާންމުކޮށްފައެވެ. އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން މިމަހުގެ 27 ވަނަ ދުވަހަކީ އާ އަހަރުގެ ކިޔެވުން ފަށާ ދުވަހެވެ. އަދި އަންނަ މަހުގެ 18 ވަނަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. އެއާއެކު ޖެހިގެން އަންނަ 19 ވަނަ ދުވަހަކީ ސްކޫލުތައް ބަންދު ދުވަހެކެވެ. އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހު ސްކޫލުތަކުގެ ކިޔެވުން އޮންނާނީ 22-26 ފެބްރުއަރީއަށް އެކަންޏެވެ. ރޯދަ މަހުގެ ފަހު 10 އަކީވެސް ބަންދު ދުވަސްތަކެވެ. ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ނިންމައި ސްކޫލްތަކުގައި އަލުން ކިޔަވައިދޭން ފަށާނީ މާޗު 23 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު