Wednesday, October 28
ޑިމޮކްރެޓްސް ޓިކެޓްގައި ކައުންސިލް އިންތިޚާބަށް ވާދަކުރަން ހުޅުވާލައިފި
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026ގައި ވާދަކުރަން ބޭނުންވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޕާޓީގެ އިންޓަރިމް ކޮމިޓީއިން އިލެކްޝަންސް ކޮމިޝަންސްއާ ބައްދަލުކޮށް، ލޯކަލް ކައުންސިލް އިންތިޚާބު 2026ގައި ވާދަކުރަން ބޭނުންވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެ ޕާޓީން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތާއި ޕާޓީގެ އިދާރާއިން ކުރަންޖެހޭ ކަންކަމާގުޅޭ މަޢުލޫމާތު ހޯދައި، އެކަށީގެންވާ މިންވަރަށް ތައްޔާރުވެވިފައިވާކަމަށެވެ. އެ ޕާޓީން ބުނީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ދަ ޑިމޮކްރެޓިކްސްގެ މެމްބަރުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަނަށް ހުށަހަޅާނީ، my.elections.gov.mv ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް މަޢުލޫމާތު ހުށަހަޅުއްވައިގެންނެވެ. އަދި މިދިޔަ ޑިސެމްބަރުމަހުގެ 1ގެ ފަހުން ނާގަފައިވާ މުޅި އުމުރުގެ ކުށުގެ ރިކޯޑާއި، ދަރަނި ކްލިއަރެންސް ރިޕޯޓު އަޕްލޯޑު ކުރަންޖެހޭނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް އެ ޕާޓީގެ އީމެއިލްއެޑްރެސް we@thedemocrats.mv އަށް މެއިލްކުރެއްވުމަށް އެ ޕާޓީން އެދިފައިވެއެވެ. މި އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ޝައުގުވެރިކަން ފާޅުކުރެއްމަށް އީ ފޯމްލިންކެއް ފޯރުކޮށްދެވޭނެކަމަށް އެ ޕާޓީން ވިދާޅުވެއެވެ. މި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 31އެވެ. އެއް ގޮނޑިއަށް ގިނަ ކެނޑިދޭޓުން ޝައުގުވެރިކަން ފާޅުކުރައްވައިފިނަމަ ޕާޓީގެތެރެއިން ޕްރައިމަރީއަކުން ކެންޑިޑަސީ ކަނޑައެޅޭނެކަމަށް އެ ޕާޓީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު