Saturday, October 31
ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕެއް ފަށައިފި

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ޚާއްސަ ވޯކްޝޮޕް ފަށައިފިއެވެ.

އެ ވުޒާރާއިން ބުނީ 15 ޒުވާނުންނާއެކު މި ވޯކްޝޮޕް ކުރިއަށްގެންދަނީ ޔޫތު ހަބްގެ ޓްރެއިނިންގ ރޫމްގައި ކަމަށާއި، މިއީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ މި ވޯކްޝޮޕްގައި ކާށިކުނބު ބޭނުންކޮށްގެން ތަފާތު ސަގާފީ އަދި ޒަމާނީ ތަކެތި ފަރުމާކޮށް ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދޭނެ ކަމަށެވެ.

ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ހިންގާ ހަރަކާތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު