Saturday, October 31
40 މީޑިއާއަކަށް 27.29 މިލިއަން ރުފިޔާ ދީފި

2025 ވަނަ އަހަރުގެ ބަޖެޓުން ފެށިގެން ކޮންމެ އަހަރަކު އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލަޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އަމިއްލަ މީޑިއާތަކަށް ފައިސާ ދޫކޮށްފިއެވެ.

މީޑިއާތަކަށް މާލީ އެހީތެރިކަން ދިއުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގް ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން ޝަރުތު ހަމަވެ، 40 މީޑިއާއަކަށް ފައިސާ ލިބޭ ކަމަށް ވަނީ ކަނޑައަޅަފައެވެ.

މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު ޔޫތު މިނިސްޓްރީއަށް އެންގުމުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މެދުވެރިކޮށް އެފަރާތްތަކަށް ފައިސާ ޖަމާކޮށްދީފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މިގޮތުން 40 މީޑިއާއަކަށް 27،295،532.69 ރުފިޔާ ދީފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީއަކީ އަމިއްލަ މީޑިއާތައް ބާރުވެރިކުރުވައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމަށް ދެވޭ އެހީއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު