Saturday, October 31
ޓެކްސީ ލައިނަށް މީހުން ހޯދުމަށް ހޮނިހިރު ދުވަހު އިންޓަވިއު!
ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ވޯކް-އިން އިންޓަވިއުއެއް ބާއްވަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ނިންމައިފިއެވެ. އެމްޓީސީސީން މިއަދު ބުނީ ވޯކް-އިން އިންޓަވިއު ކުރިއަށް ގެންދާނީ މާފަންނު ބަސް ޓާމިނުގައި ޖެނުއަރީ 17 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 އަށް ކަމަށެވެ. ޓެކްސީ ލައިނުގެ ޑްރައިވަރުގެ މަގާމަށް މީހުން ނަގަނީ ޕާޓްޓައިމްކޮށްކަމަށް އެމްޓީސީސީން ބުންޏެވެ. ޓޭކްސީގެ ހިދުމަތް ފަށަން ފުރަތަމަ ނިންމީ މިއަހަރުގެ ޖުލައި މަހުގެ ކުރީކޮޅެވެ. އަދި އެ ހިދުމަތް މިއަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ފެށުމަށް ލަސްކުރި ނަމަވެސް އެކަން ފެށިފައެއް ނުވެއެވެ. އޭގެ ފަހުން ސަރުކާރަށް ދެ އަހަރު ފާހަގަކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ވަނީ އަންނަ ފެބްރުއަރީ މަހު އެ ހިދުމަތް ފެށިގެންދާނެކަން އިއުލާންކުރައްވައިފައެވެ. މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު