Saturday, October 31
މުލީގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

މ. މުލީގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މުލަކަތޮޅު މުލީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތެރެއިން ދެ ބިމެއްގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޖަނަވަރީ 19 ވަނަ ދުވަހުގެ 11:00 ގައި އޮންލައިންކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވެ، ފެބުރުވަރީ 25 ވާ ބުދަ ދުވަހުގެ 11:00 އަށް އެ ވުޒާރާއަށް ހާޒިރުވެ ބީލަން ހުށަހެޅޭނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި ޖަނަވަރީ 18 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރު ހުށަހަޅަންވާނެއެވެ.

އެ ވުޒާރާއިން ބުނީ ބީލަން ފޮތް ގަތުމަށް ހުށަހަޅަންޖެހޭ ފޯމު އެ ވުޒާރާއިން ވެބްސައިޓުން ލިބޭނެ ކަމަށާއި، ޖަނަވަރީ 11 އިން ފެށިގެން ފެބުރުވަރީ 24 ގެ ނިޔަލަށް އެ ވުޒާރާގެ ރިސެޕްޝަނުންވެސް ލިބޭނެ ކަމަށެވެ.

މި ބީލަމާ ގުޅޭ މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 22 ފެބުރުވަރީ 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު