ނަރުދޫ ކައުންސިލްގެ އިޢުލާނުގައިވާ ގޮތުން ގޯއްޗަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ޖަނަވަރީ 11 ވަނަ ދުވަހުން 2026 ޖަނަވަރީ 29 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 ން މެންދުރު 13:30 އާ ދެމެދު ށ. ނަރުދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ގޯއްޗަށް އެދޭ ފޯމް ލިބެން ހުންނާނީ ކައުންސިލް އިދާރާއިންނެވެ.
އެހެންކަމުން ނަރުދޫން ގޯއްޗަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ފޯމު ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މިކަމާ ބެހޭ އިތުރު މަޢުލޫމާތު 6540682 އަށް ގުޅައިގެން ލިބޭނެ ކަމަށްވެސް ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.






