ރަށްރަށުގެ ދަނޑުބިންތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެކެވެ. އަދި އެމަނިކުފާނު ރަށްރަށް ކުރައްވާ ދަތުރުފުޅުތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން އަދި ކައުންސިލްތަކުން މިކަމަށް ވަރަށް ބޮޑަށް އެދެއެވެ.ވަޒީރު ޑރ. މަރްޔަމް މާރިޔާ ފެނަކަ ކޯޕަރޭޝަންގެ ޓީމަކާ ބައްދަލުކުރައްވައިފި. މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ދަނޑުވެރިކަން ކުރާ ރަށްރަށުގެ ދަނޑުބިންތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ ޚިދުމަތް ފެނަކައާ ގުޅިގެން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް… pic.twitter.com/Myf6Kifavm
— Ministry of Agriculture and Animal Welfare (@MAAWmv) January 6, 2026

ދަނޑުވެރިކަން ކުރާ ރަށްރަށުގެ ދަނޑުބިންތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ ޚިދުމަތް ފެނަކައާ ގުޅިގެން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރިއަށް ދިޔައީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑޮކްޓަރ މަރިޔަމް މާރިޔާ އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް އާއި ދެބޭފުޅުން ކުރެއްވި މަޝްވަރާގައެވެ.
މި ލިޔުން ކިޔާލުމުން





