އައު އަހަރު ފާހަގަކުރުމަށް ބޭއްވުނު ހަރަކާތްތައް ވަނީ މިމަހުގެ 30 ގައި ފަށާފައެވެ. މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ ނަމުގައި ސެންޓްރަލް ޕާކުގައި ފެށުނު އެ ހަރަކާތް މިއަދުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު ތަފާތު އެކި ކެއުންތައް ރަހަ ބަލާލުމަށް އެ ސަރަހައްދުގައި ސްޓޯލްތައް ބަހައްޓާފައި ހުއްޓެވެ
އެ ހަރަކާތުގެ ތެރެއިން މިރޭ 9:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވަނީ ޑްރޯން ޝޯއެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތް 15 މިނެޓަށް ދެމިގެން ދިޔައެވެ.
މީގެއިތުރުން މިއުޒިކް ޝޯ އެއް ވެސް އެ ސަރަހައްދުގައި ކުރިއަށް ގެންދިޔައިރު ބޮޑުބެރުގެ ހަރަކާތްތައް ވެސް ފެނިގެންދިޔަ އެވެ. އަދި އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން 12 ޖެހުމާ އެކު ވަނީ ހަވާ އަރުވާފައެވެ.
އެ ހަރަކާތްތައް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ސެންޓްރަލް ޕާކަށް ޖަމާވެފައިވެއެވެ.




