Monday, October 12
މީޑިއާތަކަށް ފައިސާ ދޫކުރުމުގައި ސަރުކާރުގެ ދައުރެއް ނެތް: އަސްވާޑް

މީޑިއާތަކަށް ފައިސާ ދޫކުރުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރައްވާފައިވަނީ، އެވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ މީޑިއާތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޝަރުތު ހަމަވާ މީޑިއާތަކުގެ ލިސްޓެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން 41 މީޑިއާ ހިމެނޭ މި ލިސްޓް ކަނޑައަޅާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިވަގުތު ވުޒާރާއަށް ލިބިފައި އޮތީ، މީޑިއާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓެއް ކަމަށެވެ. ނަމަވެސް މިކަން އެކަށީގެންވާ ގޮތެއްގައި ކުރުމަށް، އިތުރު މަޢުލޫމާތަށް މިހާރު ކޮމިޝަނުގެ ފަރާތުން އެދިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އެބޭފުޅުންނަށް ދަންނަވައިފިން ޕޮއިންޓުގެ އަދަދުގެ އިތުރަށް ކޮންމެ މީޑިއާކަށް ފައިސާ ލިބޭ އަދަދު ސާފުވާ ގޮތަށް ސިޓީއެއް ފޮނުވާ ދިނުމަށް. މިއީ ރައީސްގެ ވަޢުދަކަށް ވެފައި މިކަމުގެ ފުރިހަމަ ތަފްސީލް ދެފުށް ފެންނަ ގޮތަށް ތިބޭފުޅުންނަށް ލިބެން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. " ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިމަސައްކަތުގައި ވުޒާރާގެ ދައުރަކީ މިހާރު މެދުވެރިއެއްގެ ދައުރު ކަމަށެވެ. އެގޮތުން ވުޒާރާއިން މިހާރު ކުރަމުންދާ މަސައްކަތަކީ ތަފްސީލްތައް ލިބުމާއެކު މީޑިއާތަކަށް ފައިސާ ދިނުމަށް މާލީ ވުޒާރާއަށް ފޮނުވުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން އެ ފޮނުވަނީ އެއްވެސް އުނިއިތުރު ކުރުމަކާއި ނުލައި. އަޅުގަނޑުމެންގެ އެއްވެސް ދައުރެއް ނޯންނާނެ. ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ އެކަމުގައި. އަޅުގަނޑުމެން މާލީ ވުޒާރާއަށް ފޮނުވަނީ، މީޑިއާ ކޮމިޝަނުގެ ނިންމުން ތަންފީޒު ކޮށްދިނުމަށް އެދި. އެބޭފުޅުން މިއަދު ފޮނުވާފިއްޔާ މިއަދުވެސް އަޅުގަނޑު ފިނޭންސަށް ފޮނުވާނަން. " ވަޒީރު އިބްރާޙިމް ވަހީދު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު