Saturday, October 31
ބޮޑުފޮޅުދޫގައި މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް އއ. ބޮޑުފޮޅުދޫ ޞިއްޙީ މަރުކަޒުން ކުރިއަށް ގެންގޮސްފިއެވެ.

ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ބޮޑުފޮޅުދޫ ޞިއްޙީ މަރުކަޒުން ވަނީ މި ޕްރޮގްރާމުގެ ތެރެއިން އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށް މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ބަލައި ފާސްކޮށްފައެވެ. އަދި މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަނަށް މަދިރި ބޭސް އެޅުމާއި، އެފަދަ ތަންތަން ނައްތައިލުމުގެ މަސައްކަތް ކޮށްފައެވެ.

އެގޮތުން ޞިއްޙީ މަރުކަޒުން ޚާއްސަ އިސްކަމެއްދީގެން ބަލައި ސާފުކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ގޯތިގެދޮރާއި، ދޯނި އެހެލާ ސަރަހައްދުގެ ޑިންގީ ބޮއްކުރާ ފަދަ ތަކެތި ހިމެނެއެވެ.

މީގެ އިތުރުން މަދިރީގެ ޒަރީއްޔާއިން ޖެހޭ ޑެންގީ ހުންފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ބަލި ފެތުރިދާ ކަންކަން ދަނެގަނެ ފިޔަވަޅުތައް އަޅަމުން ދިއުމަކީ ފަރުދީ ޒިންމާއަކަށް ހަދާ، ބަލިފެތުރި ފުރާނައަށް ނުރައްކާވުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އާއްމު ފަރާތްތަކަށް އަންގައި އިލްތިމާސްކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު