Saturday, October 31
އެންޑީއޭގެ ޗެއާޕާސަންކަމަށް ސިއްދީގު ހަމަޖައްސައިފި

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ކަމުގެ މަގާމަށް، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު އެ މަގާމަށް އައްޔަންކޮށްފިއެވެ.

އެންޑީއޭއިން މިއަދު ކުރި ޕޯސްޓެއްގައިވަނީ އެ އެޖެންސީގެ ޗެއާޕާސަންކަމަށް ސިއްދީގު ހަމަޖެއްސުމާއެކު އޭނާއަށް މަރުހަބާ ކިޔައިފައެވެ. ސިއްދީގަކީ ގާނޫނީ ދާއިރާއަށް ޚާއްސަ ވަކީލެކެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ އެ އެޖެންސީގެ ޗެއާކަން ކުރެއްވީ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ލުބްނާ ޒާހިރެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރެއެވެ.

ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ލުބްނާ ފޮރިން މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު