Friday, November 6
ނޭޕާލު އަންހެނަކު ގިނަ އަދަދެއްގެ ޑްރަގާ އެކު މާލޭން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ނޭޕާލު އަންހެނެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލޭން ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ނޭޕާލު ރައްޔިތެއް ކަމަށްވާ ނިޝާ ރާއީ އެވެ. އޭނާ ހައްޔަރުކުރެވުނީ މަސްތުވާތަކެތި ޓްރެފިކްކުރާ މިންގަނޑަށް ފެތޭ ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އޭނާ ދިރިއުޅުނު އެޕާޓްމަންޓުން ފެނުމާ ގުޅިގެންނެވެ.

ފުލުހުން ކޯޓުގައި ހާމަކުރި ގޮތުގައި، ހައްޔަރުކުރި އިރު އެތަކެތި ހުރީ ހާމައަށް ކަމަށާއި، އެ ތަކެތި ކިރައި ބަންދުކުރަން ބޭނުންކުރާ ސާމާނު ވެސް އެ ތަނުގައި ހުރިކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން ސާބިތުކޮށްދޭ ހެކިތަކެއް ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން، ހައްޔަރުކުރެވުނު ނިޝާ ރާއީގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު، މަސްތުވާތަކެއްޗާ ގުޅުންހުރި ބާވަތެއް ކަމަށްވާ ކެނަބިސް އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. މިއީ އޭނާ މަސްތުވާތަކެތި ބޭނުންކުރާކަން ވެސް ހާމަކޮށްދޭ ކަމެކެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ނިޝާ ރާއީ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު