Friday, November 6
ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ، ސަމާލުވޭ !!

ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ އޮތުމުން އެކަމަށް ސަމާލުވާން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެންޑީއެމްއޭ އިން ސަމާލުވުމަށް އަންގާފައި މިވަނީ  ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ޔެލޯ އެލާޓް މެޓް އޮފީހުން ނެރެފައި ވަނިކޮށެވެ.

މެޓް އޮފީހުން ނެރުނު އެލާޓްގައި ލަފާކޮށްފައިވާ ގޮތުގައި ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި މި ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އެލާޓްގައި ލަފާކޮށްފައިވެއެވެ. މިފަދަ ދަނޑިވަޅުތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި، އާންމު ރައްޔިތުން ވެސް މޫސުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.

އެންޑީއެމްއޭ އިން އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން، ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލައި ފިޔަަވަޅު އަޅަން އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ.

އެންޑީއެމްއޭގެ ޕޯސްޓްގައި އިތުރަށް އިލްތިމާސްކޮށްފައިވާ ގޮތުގައި، ގޭތެރޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވާނެ ފަދަ ތަކެތި، ފެނުގެ އަސަރު ނުކުރާ ފަދަ ތަނަކަށް ބަދަލުކުރަން ޖެހެއެވެ. މިއީ މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވުމަށް އެންޑީއެމްއޭއިން ވަނީ ހަނދާންކޮށްދީފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު