Friday, November 6
ރައީސް ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާ ރޭ

ރައީސް މުހައްމަދު މުއިއްޒު ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ

ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުން އޮންނާނީ ޑިސެންބަރު 21 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ރެހެންދި ސްކޫލްގައި ކަމަށެވެ.

މި ބައްދަލުވުމަކީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ހުރި ހިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

މާލޭގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ފާޅުކުރި ހިޔާލުތަކާއި ގުޅިގެން ވަރަށް ގިނަ ކަންކަން ރައީސް ވަނީ ހައްލު ކުރައްވައި، އަނެއްބައި ކަންކަން ހައްލު ކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު