Saturday, October 31
ޚާރިޖީ ވަޒީރު ޤަޠަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު، ހިޒް އެކްސެލެންސީ ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ޚާރިޖީ ވަޒީރު، ހިޒް އެކްސެލެންސީ ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީއަށާއި ޤަތަރުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.

މީގެ އިތުރުން ދިވެހިރާއްޖެއާއި ޤަތަރާއި ދެމެދު އިހްތިރާމާއި، ރަޙްމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ޢަހްވަންތަކަމުގެ ގުޅުމަކީ ދިވެހިރާއްޖެއިން އެ ގުޅުމުގެ އަގު ނުހަނު ވަޒަންކުރާ ގުޅުމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

އަދި މިގުޅުން އެކި ދާއިރާތަކުން ދެ ފަރާތުންވެސް އެއްބަސްވެވޭ ކަންތައްތަކުގެ މައްޗަށް ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހި ވެގެންދާނޭކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ކާމިޔާބީއަށް އަދި ޤަޠަރުގެ ރައްޔިތުންނަށް ކުރިއެރުމާއި އުފާފާގަތިކަމަށް އެދެން. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު