Saturday, October 31
ޤަޠަރަކީ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއް: ރައީސް
ޤަޠަރަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ އަގުހުރި ބައިވެރިއެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ޤަޠަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޤަޠަރުގެ އަމީރަށާއި، ބޮޑުވަޒީރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ހޫނު މަރްޙަބާއާއި، ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނުގެ މެސެޖުގައި، ފާއިތުވެދިޔަ އަހަރުތަކުގައި، ޤަޠަރުން ދިވެހި ރާއްޖެޔަށް ވެދެއްވާފައިވާ އަގުނުކުރެވޭ، ގިނަގުނަ އެހީތެރި ކަމުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް ލިބިފައިވާ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ މެދުގައިވާ، މި ވަރުގަދަ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައި ވެއެވެ. ޤަޠަރުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު