Saturday, October 31
ޚާރިޖީ ވަޒީރު ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ބޫޓާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޓަރނަލް ޓްރޭޑް، ލިއޮންޕޯ ޑީ. އެން. ދުންގްޔެލް އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ބޫޓާންގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް އެ މަނިކުފާނާއި، އެ ޤައުމުގެ ސަރުކާރާއި އަދި ރައްޔިތުންނަށް އަރިސް ކުރެއްވިއެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންތައްތަކުގައި އާއި ދެ ޤައުމުގެ ރައްޔިތުންނަށް ލާބަ އާއި މަންފާލިބޭނެ ކަންތައްތަކުގައި، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ.

މި މެސެޖުގައި، ވަޒީރު ވަނީ ބޫޓާންގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޚަތަކާއި އިތުރު ކުރިއެރުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެ، ބޫޓާން އާއި ބޫޓާންގެ ރައްޔިތުންނަށް ވެސް އިތުރު ކުރިއެރުމާއި ސުލްހަ އާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު